Raees Nasheed Addu City ah vadaigenfi - AO News
English Edition
Dhivehi Edition

Worldwide

  • 28,946,628confirmed
  • 20,813,150recovered
  • 7,208,868active
  • 924,610deaths

Maldives

  • 9,052confirmed
  • 7,055recovered
  • 1,960active
  • 32deaths

ކޮވިޑް 19 ކަވަރޭޖް

11 މަސް ކުރިން

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިއަދު މެންދުރުފަހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން، ހިތަދޫ ބަނދަރު ސަރަޙައްދުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި، އެމްޑީޕީގެ ބައެއް އިސްފަރާތްތަކާއި ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި މީގެ އިތުރުން ނަޝީދު ވަނީ ހިތަދޫގައި އަލަށް އިމާރާތްކުރާ އެމްޑީޕީގެ ހަރުގެއާއި އޮފީސްވެސް ބައްލަވާލައްވައިފަ އެވެ.

މީގެ އިތުރުންވެސް އައްޑޫގައި ހުންނަ އެމްޑީޕީގެ ހަރުގެތަކަށް ޒިޔާރަތްކުރައްވައި ޕާޓީގެ މެމްބަރުންނާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަޝީދުގެ މިދަތުރުފުޅުގައި މިއަދު ހަވީރު 16:00 ގައި ހިތަދޫ ޔޫތު ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެނަކަ ފުޓްސަލް މުބާރާތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ އައްޑޫ އިންޓަރ ސްކޫލް ރޯވިންގ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެކުނުގެ އަތޮޅުތަކަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ވަނީ ގދ. ތިނަދޫގެ އިތުރުން ގއ. ވިލިނގިލި އަދި ފުވައްމުލަކު ސިޓީ އަށްވެސް ވަޑައިގެންފަ އެވެ.