English Edition
Dhivehi Edition
Iraqi government forces drive on a road leading to Tal Afar on June 9, 2017, during ongoing battles to retake the city from Islamic State (IS) group fighters. / AFP PHOTO / MOHAMED EL-SHAHED

އެމެރިކާ ސިފައިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރަކަށް ހުރި އަބޫބަކުރު އަލް ބަޣުދާދީ މަރާލާފައިވާއިރު އެ ޖަމާއަތުގެ އާ ލީޑަރަކަށް މީހަކު އައްޔަންކޮށްފި ކަމަށް އައިއެސް އިން ބުނެފިއެވެ.

އައިއެސް ގެ އާ ތަރުޖަމާނާއި ތަރުޖަމާނު އަބޫ ހަމްޒާ އަލް ގުރައިޝީ އާއި ހަވާލާދީ އައިއެސްއާއި ގުޅުންހުރި މީޑިޔާއަކުން އާންމުކުރި އޯޑިއޯ މެސެޖެއްގައި ބުނެފައި ވަނީ ބަޣުދާދީ މަރުވުމުން ހިތާމަ ކުރާ ކަމަށާއި އޭނާ މަރުވިކަން ޔަގީންވުމާ އެކު އައިއެސްގެ ޝޫރާ މަޖިލީހުން ބައްދަލުވުމެއް ބާއްވައި އާ ލީޑަރަކު ކަނޑައަޅާފައިވާ ކަމަށެވެ.

މި އޯޑިއޯ ގައި އެޖަމާއަތުގެ ތަރުޖަމާނު ބުނީ އައިއެސް ގެ އާ ލީޑަރަކީ އަބޫ އިބްރާހީމް އަލް ހަޝީމީ އަލް ގުރައިޝީ ކިޔާ މީހެއްކަމަށެވެ. އާ ލީޑަރާއި ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަ ނުކުރެ އެވެ.

އައިއެސް ގެ ލީޑަރު ބަޣްދާދީ މަރާލިކަން ފުރަތަަމަ ހާމަކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އަދި އޭގެ ގިނައިރުތަކެއް ނުވެ އެމެރިކާއާއި ސީރިއާގެ ކުރުދީން ދިން ހަމަލާއެއްގައި އައިއެސް ގެ ކުރީގެ ތަރުޖަމާނު ވެސް ވަނީ މަރާލާފައެވެ.