English Edition
Dhivehi Edition

ކ. އަތޮޅުން އައްޑޫސިޓީ އާއި ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފިއެވެ.

މިއަދު ހެންދުނު މެޓުން ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮަށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމެކެވެ.

ވައި ޖެހޭނެ ގޮތަށް ބަލާއިރު ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން އުޅޭނީ 2-5 ފޫޓާއި ދޭތެރޭގައި ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.