English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ހާބަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 68.8 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ތިންސަތޭކަ ދުވަހެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމީދޫ ބަނދަރުގެ 97 މިޓަރު ސަރަހައްދުގައި ޝީޓްޕައިލްކޮށް ކީވޯލް އަޅައި ނެރާއި ބަނދަރު ފުން ކުރާނެއެވެ.