English Edition
Dhivehi Edition
ޤައުމީދުވަހާއި ގުޅިގެންއެމްއެންޑީއެފުން ބޭއްވި ޕެރޭޑް ގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފުރިހަމަ ސިއްހަތެއްގައި ހުރި އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ހިދުމަތުގައި ބައިވެރިކުރެވޭނީ، މި ހިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގައި ވާނަމައެވެ.

މިޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ. މާފިލާފުށީ ގައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގް އަދި މެޑިކަލް ސްކްރީނިންގް ކުރިއަށް ގެންދެވޭނެކަމަށް ދިފާއީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.