English Edition
Dhivehi Edition
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) - ފޮޓޯ: ސަން

ކޮރަޕްޝަން ހިންގާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މާލެ ސިޓީ ކައުންސިލް އިދާރާއަށް ވަދެއްޖެ އެވެ. އޭސީސީން އިން ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ވަނީ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭސިޓީ ކައުންސިލާއި ދެކޮޅަށް އޭސީސީއަށް ހުށަހަޅާފައި ވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އަޑިޕާކް ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން މިހާރު ހިންގަމުންދާ މަޝްރޫއުގެ ތެރެއިން އެތަނުގައި އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ބިޑް ކޮމިޓީއިން ކުރަނިކޮށް އެ އިމާރާތް ހެދުމުގެ މަސައްކަތް ކުރަން ފެށި މައްސަލައެވެ.

މިހާރު އޭސީސީގެ އޮފިޝަލުންތަކެއް މާލޭސިޓީ ކައުންސިލްއަށް ވަދެފައިވާއިރު އެ ކޮމިޝަންގެ އޮފިޝަލުން ހޯދަމުން ދަނީ ކޮރަޕްޝަންގެ މައްސައާއި ގުޅޭ ލިޔެކިޔުންތަކެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެ ކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމު އަޅުވަމުންދާ ކަން އިނގޭ ކަމަށާއި އެއީ 3 ކައުންސިލަރަކު ފެށުނީއްސުރެ ކުރަމުންދާ ކަމެއް ކަމަށެވެ.
“ސިޓީ ކައުންސިލްގެ ބޮލުގާާ ބޮޑެތި އިލްޒާމު ތައް އަޅުވައި ލިޔެކިޔުންތައް ބަދަލުކުރާ ވާހަކަޔާއި ވައްކަމުގެ އިލްޒާމްތައް އަޅުވަމުންދާތީ އެކަން ކުއްވެރިކުރަން. ކައުންސިލުންގެ ހިންގުމަށް ދަތިކޮށް ހުއްޓުވުމަކަށް ގެނައުމަށް 3 ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރޭ ” މޭޔަރު ޝިފާ ވިދާޅުވިއެވެ.