English Edition
Dhivehi Edition

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާއާއި ރާއްޖެ އާއި ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި، ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މިކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ރާއްޖެއާއި ކައިރިން ހުޅަނގު އުތުރަށް ދަތުރުކޮށް، އަރަބި ކަނޑަށް ޖެހެމުންދާނެކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ކުރިއަށް އޮތް 48 ގަޑިއރުތެރޭ ގުގުރުމާއި ވަޔާއި ކަނޑު ގަނދަވެ އުދައިގެ އަސަރުވެސް ކޮށްފާނެ ކަމަށާއި، އަދި ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާ ކުރެވޭ ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.

މި ކޮޅިގަނޑުގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދު ރާއްޖޭތެރޭގެ ރަށްތަކަށް ކަމަށް ވާތި ކަނޑު ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށް ފައެވެ.