English Edition
Dhivehi Edition

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ 27 ކުޅުންތެރިން ޓްރެއިން ކޭމްޕަށް މެލޭޝިޔާ އަށް މިރޭ ފުރައިފި އެވެ. ޤައުމީ ޓީމު މެލޭޝިއާއަށް އަށް މިރޭ ފުރީ 2022 ވަނަ އަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ކޮލިފައިންގައި އަންނަ މަހު މާލޭގައި ކުޅޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ނޮވެމްބަރު 14 ވަނަ ދުވަހު މާލޭގައި ފިލިޕީންސް އާއި ދެކޮޅަށް ރާއްޖެ ނިކުންނައިރު ނޮވެމްބަރު 19 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ގުއާމް އާއި ދެކޮޅަށެވެ.

މިރޭ މެލޭއަށް ޓްރެއިނިންގ އަށް ފުރި ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގާއި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒްވާން (ރިޒޭ) ހިމެނެއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ދިވެހިރާއްޖެ މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ގުއާމް އަތުން ރާއްޖެ ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އަދި ދެވަނަ މެޗުގައި 5-0 ގެ ނަތީޖާއަކުން ޗައިނާ އަތުން ބަލިވެފައެވެ. އަދި ތިންވަނަ މެޗުގައި ސީރިއާ އަތުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.