English Edition
Dhivehi Edition

މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ހޯދަމުންދަނިކޮށް ހާލުގައި ޖެހިގެން އެމްއެންޑީއެފް އިން އެހީތެރިވި ދިން ލޯންޗެއްގައި ހުއްޓައި ހައްޔަރުކުރި އިރުފާން ރުޝްދީގެ ބަންދަށް 15 ދުވަސް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފި އެވެ.

އިރުފާން ހައްޔަރުކޮށްފައި ވަނީ އޭނާ އާއި އިތުރު ތިން މީހަކު ގދ. ތިނަދޫން ފުރައިގެން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހުނު ‘ ބްލޫވޭވް’ ލޯންޗުގައި ހުއްޓައެވެ. ފިލައިގެން އުޅޭތާ ތިން އަހަރުވެފައިވާ އިރުފާން ލޯންޗު ތެރޭގައި އިން ކަން ފުލުހުންނަށް އެނގުނީ އޭގައި ތިބި މީހުންގެ ނަންތަކުގެ ލިސްޓު ލިބުމުންނެވެ. އެއާ އެކު، އެމްއެންޑީއެފުން ވަނީ އިރުފާން ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އިރުފާންހޯދަން ކުރި އިއުލާންގައި ބުނީ އިމިގްރޭޝަނުން އޭނާ 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން ރާއްޖެ ނާންނަ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް 2016 ގައި ހިނގި މަރުގެ ސީން އަކުން އޭނާ ފެނުނު ކަމަށެވެ.