English Edition
Dhivehi Edition

ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުލްﷲ ޝާހިދު ނޮން އެލައިންޑް މޫވްމަންޓް (ނާމް) ނުވަތަ ވަކި ފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ 18 ވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވައިފި އެވެ.

ފޮރިން މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވީ މިނިވަންކަމަށް ފަލަސްޠީނުން ހަނގުރާމަ ކުރާތާ 1700 އެއްހާ އަހަރުވެއްޖެ ކަމަށާއި ފަލަސްތީނުގެ ބިމަށް އަރައި އެތަން ސުންނާފަތިކުރުމުގެ އެއްވެސް ހައްގެއް އިސްރާއީލަކަށް ނެތް ކަމަށެވެ.

އިޒްރޭލުން އެކުރަނީ ވަރަށް ނޭދެވޭ އަމަލެއް ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ ފަލަސްތީން ހިމާޔަަތްދިނުމަށް ގޮވާލާ “ޕޮލިޓިކަލް ޑިކްލެރޭޝަން އޮފް ނޮން އެލައިންމަންޓް އޮފް ޕެލެސްޓައިން” އަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

ނޮން އެލައިންޑް މޫވްމަންޓް (ނާމް) އަކީ 120 މެމްބަރުންނާއި 17 އޮބްޒާވަރު ޤައުމާއި އެކު ބައިނަލްއަގުވާމީ 10 ޖަމްއިއްޔާ ބައިވެރިވެފައިވާ ވަކި ފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ ބައިނަލްއަގުވާމީ ޖަމާއަތެކެވެ.