English Edition
Dhivehi Edition

ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި “އެކްސްޗޭންޖް އޮފް ނޯޓްސް” ގެ ދަށުން 500,000,000 މިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 4.6 މިލިއަން އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީ ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ މިސް ކެއިކޮ ޔަނާއީއެވެ.

މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފޮރިން މިނިސްޓްރީ އިން އަދި ހާމައެއް ނުކުރެއެވެ.

ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނަބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ވަނީ އެޤައުމުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ އާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ޖަޕާނުގެ އޮދަވަރާ ސިޓީއަށް ވަޑައިގެން އެސިޓީގެ މޭޔަރ ކެނީޗީ ކާތޯއާ ބައްދަލުކުރައްވައިފަ އެވެ.