English Edition
Dhivehi Edition

ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރަކަށް ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ހާމިދާ ޢަބްދުލް އަލީމް ހަމަޖައްސައިފިއެވެ.

ފުލުހުން ބުނީ ހާމިދާ ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ހާމިދާ ޢަބްދުލް އަލީމް އަކީ 2007 ވަނަ އަހަރުން ފެށިގެން ޕޮލިސް ކުލަބަށް ކުޅެ ޕޮލިސް ކުލަބުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ފަރާތެކެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ޕޮލިސް ކުލަަބުން ހޯދި ގިނަ ކާމިޔާބީތަކެއްގައި މުހިންމު ދަޢުރެއް އަދާކޮށްފައިވެއެވެ.

މީގެއިތުރުން ހާމިދާ ޢަބްދުލް އަލީމް ވަނީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އަދި ޕޮލިސް ކުލަބުގެ 23 އަހަރުން ދަށުގެ ވޮލީ ޓީމުގެ މެނޭޖަރުކަންވެސް ކޮށްފައިވެއެވެ.