English Edition
Dhivehi Edition

ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒް އައްޔަން ކުރަން މިއަދު މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަކު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ހަތަރު ނަމެކެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން 3 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. މަޖިލިހުގެ ތަޅުމަށް ފޮނުވި ތިން ނަމަކީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަން އާއި ހ. ގުރުވަ އަހުމަދު އާހިދު ރަޝީދުގެ އިތުރުން ފިޔާޒުގެ ނަމެވެ.