English Edition
Dhivehi Edition

މާލޭގެ ގެސްޓްހައުސެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންނާއި ހަވާލާދީ “ދަޕްރެސް” އިން ރިޕޯޓްކުރާ ގޮތުގައި މައްޗަންގޮޅި ސަހަރާ ކައިީގައި ހުންނަ ގެސްޓްހައުސް އެއްގެ ކޮޓަރިއެއްގައި ދިރިއުޅެމުންދިޔަ އާއިލާއެއްގެ ތެރެއިން މީހަކު މަރުވެފައިވާ ކަމުގެ ޚަބަރު ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:00 ހާއިރު ކަަމަށެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ. އެ އަންހެން މީހާ މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ މިހާރު އައިޖީއެމްއެޗް ގައި ހަރަކާތްތެރިވަމުންނެވެ.

(ތަފްސީލް އަންނަނީ)