English Edition
Dhivehi Edition

އިމްތިޙާން ތަކުގައި ބައެއް ކުދީންނަކީ މަކަރުހެދުމަށް އެކި އުކުޅު ބޭނުންކުރާ ކުދިންނެވެ. މިކަންކަން ހުއްޓުވުމަށް އެކި ފަހަރު އެކި ފިޔަވަޅުތައް މުދައްރިސުންނާއި ކިޔަވައިދޭ ތަންތަނުގެ ވެރިން އަޅަމުންދާ އިރު އިންޑިޔާގެ ކަރްނަތާގައި ހުންނަ ޔުނިވާސިޓީ އަކުން މިވަނީ ތަފާތު އުކުޅެއް ބޭނުންކޮށްފައެވެ. މި ޔުނިވަސިޓީން ކުރިކަމަކީ އިމްތިޙާން ހަދާ ދަރިވަރުންގެ ބޮލުގައި ކަރުދާސް ފޮށި އަޅުމަށް މަޖުބޫރުކުރީއެވެ.

އިމްތިޙާނުގައި މަކަރުހަދާތީ ކަރުދާސްފޮށި ބޮލުގައި އަޅައިގެން އިމްތިޙާން ހަދަން މަޖުބޫރުކޮށްފި

ބާގަތް ޕްރީ ޔުނިވަސިޓީ ކޮލެޖް އިން މި ފިޔަވަޅު ދަރިވަރުންނާއި މެދު އެޅީ ދަރިވަރުންނަށް މިގޮތަށް އިމްތިޙާން ހަދާއިރު ކަރުދާސް ފޮށްޓެއް އަޅައިގެން އިމްތިހާން ހެދުމަށް ކުރީލާ އަންގާފައެވެ. ދަރިވަރުންގެ ބޮލުގައި ކަރުދާސް ފޮށިތައް އެޅުމަށް ފަހު ޔުނިވާސިޓީން ވަނީ ފޮށިތަކުގެ ކުރިމަތިން ކަފާ ދަރިވަރުންނަށް އިމްތިޙާން ކަރުދާސް ފެންނަ ގޮތަށް ހަދާފައެވެ.

މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާ މީސްމީޑިޔާގައި ވައިރަލް ވެފައިވަނީ ހުކުރު ދުވަހު އާންމުވެގެން ދިޔަ ވީޑިއޯއަކަށް ފަހުގައެވެ. ކަމާބެހޭ ފަރާތްތަކުން މިކަންކަން ކުއްވެރިކޮށްފައިވާއިރު އެފަރާތްތަކުން ވަނީ މި އަމަލު ހިންގުމުގައި ބައިވެރިވި އިސް ފަރާތްތަކާއި މެދު ފިޔަވަޅުއަޅާނެ ކަމަށް ބުނެފައެވެ.

ޓެގު