English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުކަމުން އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް (ގ. ނޫމަރާވިލާ، މާލެ) އިސްތިއުފާދެއްވައިފިއެވެ.

ޝީރީންގެ އިސްތިއުފާ ޤަބޫލުކުރަން ނިންމާފައިވަނީ އެމްއެމްސީ އިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މީޑިއާ ކައުންސިލްގެ ފަސްވަނަ ދައުރަށް ޝީރީން ހޮވިވަޑައިގެންނެވީ 60 ވޯޓާއި އެކުއެވެ. އެކަމަނާ އަކީ މީޑިއާ ކައުންސިލަށް އާންމުންގެ ތެރެއިން އައްޔަންކޮށްފައި ހުންނެވި ފަރާތެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގައި އެކުލެވިގެންވަނީ ޖުމްލަ 15 މެމްބަރުންނެވެ. އޭގެތެރެއިން އަށް މެމްބަރުންނަކީ މީޑިއާއިން ތިންތިޚާބުކުރެވޭ މެމްބަރުން ކަމުގައިވާއިރު، ބާކީ ހަތް މެމްބަރުންނަކީ އާންމުންގެ ތެރެއިން އިންތިޚާބުކުރެވޭ މެމްބަރުންނެވެ.

އެމްއެމްސީ އަކީ މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދަމަހައްޓައި، ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމްކޮށްދިނުމުގެ އިތުރުން މީޑިއާގައި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި މަސައްކަތްކުރާ، ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޙްޞެކެވެ. ކައުންސިލުގެ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި ހަމައެހެންމެ އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތުވެސް ކައުންސިލަށް ލިބިގެންވެއެވެ.