English Edition
Dhivehi Edition

އިސްލާމް ދީނަށް ގޮންޖަހައި ރަސޫލާއަށް ބަދުބަސް ބުނުމަށާއި އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުދެއްދުމަށް އެއްވެސް ކަމެއް ކުރުމަށްވެސް ފުރުޞަތެއް ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ދ.ހުޅުދެއްޔަށް ވަޑައިގެން ރައްޔިތުންނާއި މުޙާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނަނީ އިސްލާމްދީން ކަމަށާއި ދީނަށް ގޮންޖަހައި ބަދުބަސްބުނެ، ރަސޫލާ އަށް މަލާމާތްކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
” ދިނާ ޚީލާފައި ހިންގާ ޢަމަލުތައް ބަލައި ނުގަންނާނެ. އަދި ދީނާއި ޚިލާފައި ކަންކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ބަރުދޭ މީހުން ހޯދާ އެފަރާތްތަކާއި މެދު ސަރުކާރުން ފިޔަވަޅުވެސް އަޅާނެ” ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައީ ހަމަޖެހުމާއި އިންސާފާއި ތަރައްގީ އަށް ކަމަށާއި ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ހަމަޖެހުން ގާއިމްވެފައި އޮތުން ކަމަށެވެ. އަދޮ ހަމަޖެހުން ނެތް ތަނެއްގައި އިގްތިސާދު ކުރިނާރާނެ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދާދިފަހުން އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އެންޑީއެންއިން ނެރުނު ރިޕޯޓެއްގައި ދީނާއި ރަސޫލާއަށް ހަޖޫ ޖަހައި ހިމަނާފައިވާ ލިޔުންތަކަކާއި ގުޅިގެން އެ މައްސަލަ ބެލުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މިކަން ބަލައި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ރަޢީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.