English Edition
Dhivehi Edition

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 9 އަކުން 11 އަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދަން މިއަދު އިއުލާން ކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުން މި ނިންމުން ނިންމާފައި ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހުގަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވި ފަނޑިޔާރުން މަގާމުގައި ތިބޭނެ ކަމަށާއި އަދަދު ހަމަކުރުމަށް ބޭނުންވާ ފަނޑިޔާރުންގެ އިސްލާހު ފާސްކޮށް، ގެޒެޓްކުރެވޭތާ ތިން މަސް ތެރޭގައި އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

މިއަދު ހައިކޯޓުން ކުރި އިއުލާނުގައި ބުނެފައިވަނީ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ނޫނީ އެ ދެ ކަމުގައި މަދުވެގެން ފަސް އަަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށާއި އިސްލާމީ ޝަރީއާގެ ރޮނގުން ނޫނީ އިސްލާމީ ޝަރީއާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާން ޖެހޭނެ ކަމަށެވެ.

ޓެގު