ގޮފި ގަނޑަކުންޖެހި ދުވަސްވީ އަންހެނަކު ޒަޚަމްވެއައިސީޔޫގައި
1 މަސް ކުރިން
އައިޝާ މުޙައްމަދު

ހިތަދޫ ގެ ދުވަސްވީ އަންހެނެއްގެ ބޮލަށް ގަހެއްގެ ގޮފިގަނޑެއް ވެއްޓި އަނިޔާވެގެން  ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީ ޔޫގައި ފަރުވާދޭން ފަށައިފިއެވެ. އަނިޔާ ވެފައިވަނީ ހިތަދޫ މޭބިސްކަދުރުގޭ ޢުމުރުން 70 އަހަރުގެ އައިމިނަތު ދީދީ އެވެ. މިޙާދިސާ ހިނގަން މެދުވެރިވީ މިއަދު ހެނދުނު އެގޭގެ ގޯތި ތެރޭގައި ހުރި އަނބު ގަހެއްގެ ގޮފިތައް ކޮށުމުގެ ތެރޭ ވެއްޓުނު ގޮފި ގަނޑެއްގައި ޖެހިގެންނެވެ. އެގޮފިގަނޑާއެކު އައިމިނަތުދީދީ ވެސް ވެއްޓި ބޯޖެހުމުގެ ސަބަބުން ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

އައްޑުއަށް އަންނަނީ މިދުވަސްވަރު ވަރަށް ވިއްސާރަ ކުރަމުންނެވެ. ވައި ގަދަވެ ވިއްސާރަވާ މިދަނޑިވަޅުގައި ގަސް ވެއްޓި ގޮފި ބިންދައިގެން ދިއުމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެފަދަ ގޮފިތައް ކެނޑުމާއެކު ސަލާމަތީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ގޭގޭގައި ދަނީ ކުރަމުންނެވެ. އެކަމުގެ ތެރޭ މިފަދަ ހިތާމަވެރި ޙާދިސާތަކާ ކުރިމަތިވާ ފަހަރުދޭތެރެ ދޭތެރެއިން  އާދެއެވެ.

Advt

Advertisement