English Edition
Dhivehi Edition

އިއްޔެއިން ފެށިގެން އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ގެތަކަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ފެނުގެ އަސަރުކޮށްފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްތަކެއްވެދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އައްޑޫ އަށް ކުރަމުންދާ ވިއްސާރައިގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފުލުހުންނަށް ގުޅުމަށް އެދޭ ކަމަށެވެ. ފުލުހުން ވަނީ އެ ޓްވީޓާއެކު ފުލުހުންނަށް ގުޅޭނެ ނަންބަރުތައްވެސް އާންމުކޮށްފަ އެވެ.

އެހެންނަމަވެސް އެހީއަށް އެދޭ ފަރާތްތަށް ގިނަވުމުން އެހީ ފޯރުކޮށްދިނުން ލަސްވެދާނެ ކަމުގައި ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވިއްސާރާގައި ގެއްލުންވި ގެތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ އިތުރުން ސިޓީ ކަމުންސިލާއި އަވަށު އޮފީސްތަކާއި ޑިޒާސްޓަރ މެނޭޖްމަންޓާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ސްކޫލްތަކުގެ ކެޑޭޓުންނާއި ވޮލަންޓިއަރުންނާއި ޢާއްމުންގެ ގިނަ ބަޔަކުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އައްޑޫސިޓީފަދަ ބޮޑު އާބާދީއަކަށް އެހީފޯރު ވުމުގައި ގިނަ ދަތިތައް ހުންނާނެކަން ފާހަގަ ކުރައްވަމުން އެހީބޭނުންވެ އަދި މިހާތަކަށް އެހީނުލިބި ވާ ފަރާތްތަކުން 118 އަށް ގުޅުއްވުމަށް އައްޑޫ މޭޔަރ ޢަބްދުﷲ ޞާދިޤު ވަނީ އިލްތިމާސް ކުރައްވައިފައެވެ.