English Edition
Dhivehi Edition
މާލެ ސިޓީގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ލޯންލީ ޕްލެނެޓް

މާލޭގެ ފިހާރައަކަށް ވަޅި ހިފައިގެން ވަދެ، ބިރުދެއްކުމަށްފަހު ފައިސާ އާއި ސިނގިރޭޓް ފޮށިތަކެއް ފޭރިގެންފި އެވެ.

ފުލުހުންނާއި ހަވާލާދީ “އަވަސް” ނޫހުން ރިޕޯޓުކުރާ ގޮތުގައި ދެ މީހަކު ވެގެން ތޫނު ހަތިޔާރުން ބިރުދެއްކުމަށްފަހު، މާލޭ މާފަންނުގައި ހިންގާ ފިހާރައަކުން ފޭރިގެންފައިވާ ކަމަށެވެ. އެގޮތުން އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 15:00 ހާއިރު ކަމަށާއި، އެމީހުން ވަނީ އެ ފިހާރައިގެ ވަށްގަނޑުގައި ހުރި ފައިސާގެ އިތުރުން ސިނގިރޭޓް ފޮށިތަކެއްވެސް ފޭރިގެންފައި ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ފިހާރައިގެ ވަށްގަނޑުން ނަގާފައިވާ ފައިސާގެ އަދަދާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.