English Edition
Dhivehi Edition
????????????????????????????????????

ސިޔާކަޕް 2019 މިއަދު ހަވީރު ފެށިގެންދާނެކަމަށް މުބާރާތުގެ އިންތިޒާމު ކޮމިޓީ އިން ބުނެފިއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމުން ބައިވެރިވެފައިވާއިރު ގުރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ ފޭދޫ އެފްސީ، ކްލަބް ރިވެރިން އެފްސީ އަދި އެފްސީ ބާކީ އެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ހުޅުމީދޫ ޕޮލިސް، ގައުމު އެފްސީ އަދި ގައުމު ޖޭއާރްއެވެ. މިއަދު ހަވީރު 15:45 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފޭދޫ އެފްސީ އާއި ކްލަބް ރިވެރިން އެފްސީއެވެ. މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގައުމުޖޭއާރް އާއި ހުޅުމީދޫ ޕޮލިސް ޓީމެވެ. މާދަމާ ކުޅޭ ފުރަތަމަ މެޗުގައި އެފްސީ ބާކީ އާއިކްލަބް ރިވެރިން އެފްސީ ބައްދަލު ކުރާއިރު މާދަމާ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގައުމު އެފްސީ އާއި ގައުމު ޖޭއާރްއެވެ. މި މަހުގެ 12 ވަނަ ދުވަހު ކުޅޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގައި ހުޅުމީދޫ ޕޮލިސް އާއި ގައުމު އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބާކީ އާއި ފޭދޫ އެފްސީއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު 13 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވާ އަންގާރަދުވަހުގައެވެ.

މި މުބާރާތަކީ މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއަރުވުމުގެ ބޭނުމުގައި 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މަޤްސަދަކީ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދެހިކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއެކު އިޖްތިމާއީ ދުޅަހެޔޮކަން އާލާކޮށް ކުޅިވަރުގެ ރޫހް އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރއަޕް ޓީމަށް ހުށަހަޅާފައިވަނީ 3000 ރުފިޔާއެވެ.

ޓެގު