English Edition
Dhivehi Edition

ސިޔާކަޕް 2019 ފުޓްބޯޅަ މުބާރާތުގެ އިއްޔެ ކުޅުނު ދެ މެޗްވެސް ނިމިފައިވަނީ އެކެއް އެކަކުން އެއްވަރުވެގެން ނެވެ.

ފުރަތަމަ މެޗްގައި ބައްދަލު ކުރީ ހިތަދޫ ކްލަބް ރިވެރިންއާއި މީދޫ ޓީމް އެފްސީ ބާކީ އެވެ. މި ދެ މެެޗް ވެސް ވަނީ 01 -01 ލަނޑުން އެއްވަރުވެފައެވެ. މި މެޗްގެ ފުރަތަމަ ލަނޑު ޖެހީ ރިވެރިންގެ އަމީން އިބްރާހިމް އެވެ. ދެވަނަ ލަނޑަކީ އެފްސީ ބާކީ ގެ ކުޅުންތެރިޔާ ލޯންގޭ ޖެހި ބޯޅައެއް ރިވެރިންގެ ކުޅުން ތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތްގޯލެކެވެ.

މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރިވެރިންގެ އަހްމަދު ސާޖިދެވެ.

ދެވަނަ މެޗްގައި ބައްދަލުކުރީ ގައުމު ޖޭއާރު އާއި ގައުމު އެފްސީއެވެ. މި މެޗްވެސް ނިމިގެން ދިޔައީ 01-01 ލަނޑުން ނެވެ. މި މެޗްގައި ގައުމު ޖޭއާރުން ކާމިޔާބް ކުރި ލަނޑު އަބްދުއްﷲ ލުވެއިއްޔު ކާމިޔަބް ކޮށްފައި ވާއިރު ގައުމު އެފްސީގެ ލަނޑު ކާމިޔަބް ކޮށްދީފައިވަނީ މުހައްމަދު ސަމީނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަމީނެވެ.

މިމުބާރާތުގައި ޖުމްލަ ހަ ޓީމުން ބައިވެރިވެފައިވާއިރު ގުރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ ފޭދޫ އެފްސީ، ހިތަދޫ ކްލަބް ރިވެރިން އެފްސީ އަދި މީދޫ އެފްސީ ބާކީ އެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ހުޅުމީދޫ ޕޮލިސް، މީދޫ ގައުމު އެފްސީ އަދި މީދޫ ގައުމު ޖޭއާރްއެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ރަނަރއަޕް ޓީމަކަށް 3000 ރުފިޔާ ހުށަހަޅާފައިވާ މިމުބާރާތަކީ މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމަށާ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދިހިކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއެކު އިޖްތިމާއީ ދުޅަހެޔޮކަން އާލާކުރުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެކެވެ.

ޓެގު