މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ޝަމްސުއްދީން ސްކޫލުގައި ފާހަގަކޮށްފި!
1 ހަފްތާ ކުރިން
ސްކޫލް މީޑިއާ

ލިޔުނީ: ފާތިމަތު މިންހާލް/ ޝަމްސުއްދީން ސްކޫލް

މިދިޔަ އާދިއްތަ ދުވަހު މުދައްރިސުންގެ ދުވަސް ޝަމްސުއްދިން ސްކޫލްގައި ކުލަދަކޮށް ފާހަގަ ކޮށްފިއެވެ.

Advt

Advertisement

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެދުވަހު ހެނދުނު ސްކޫލުގައި ވަނީ ވަރަށް ޚާއްސަ އެސެމްބުލީއެއް ބާއްވާފައެވެ. މި އެސެމްބުލީ ގައި ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެލެއްވީ ޝަމްސުއްދީން ސްކޫލަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ. އެގޮތުން ކުރިގެ ޕްރިންސިޕަލް އަލްފާޞިލް އިބުރާހިމް ވަހީދުވެސް ބައިވެރިވެ ވަޑައިގެން ދެއްވިއެވެ.

ސްކޫލުގެ މެނޭޖުމަންޓްގެ ފަރާތުން ކޮންމެ މުވައްޒަފަކަށް ވަނީ ހާއްސަ މާ ބޮނޑިއަކާއި ފިނިފެން މަލެއް ހަވާލުކޮށްފައެވެ. މުދައްރިސުންގެ ދުވަހާއި ގުޅޭގޮތުން ވާހަކަދެއްކީ ގްރޭޑް 4 އޭ ގެ ދަރިވަރު އަހުމަދު އައިމަން އަމީން ހާނީ އެވެ.

އެސެމްބުލީއަށްފަހު ހެނދުނުގެ ނާސްތާއެއް ވަނީ ހުރިހާ މުވައްޒަފުންނަށް ދީފައެވެ. ހެނދުނުގެ ނާސްތާ އިންތިޒާމް ކޮށްފައިވަނީ ސްކޫލުގެ ސީނިއާރ މެނޭޖުމެންޓް ޓީމްގެ ފަރާތުންނެވެ.

ޓީޗަރުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސްކޫލުގެ މެނޭޖުމަންޓްގެ ފަރާތުން ވަނީ ރޭގަނޑުގެ ކެއުމެއް ހުރިހާ މުވައްޒަފުންނަށް ދީފައެވެ. އަދި މީގެ އިތުރަށް ހަނދާނީ ފިލައެއްވެސް ހުރިހާ މުވައްޒަފުންނަށް ދެވުނެވެ.

މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން، ތައިސީރު އުމްރާ ހައްޖު ގުރޫޕުގެ ފަރާތުން ދެއްވެވި އުމްރާ ދަތުރުގެ އިނާމު ލިބިފައިވަނީ އެ ސްކޫލުގެ ކުރީގެ ސެން ޓީޗަރ އާމިނަތު އާނިސާ އަށެވެ.

މިދިއަހަރުވެސް ޝަމްސުއްދީން ސްކޫލުގައި މުދައްރިސުންގެ ދުވަސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މިދިޔަ އަހަރު ވަރަށް އަގު ބޮޑެތި އިނާމްތަކެއް މުދައްރިސުންގެ ދުވަހު މުވައްޒަފުންނަށް ލިބިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.