ބަރުދަން ލުއިކުރުމަށް މި ތިން “ސޫޕް” ވަރެއްނެތް!
2 ހަފްތާ ކުރިން
ލުބްނާ މަޖީދް މުޚުތާރް

ސޫޕް އަކީ ބަރުދަން ލުއިކުރުމަށް އާންމުކޮށް މީހުން ޑައެޓްގައި ހިމަނާ އެއްޗެކެވެ. އެގޮތުން ގޭގައި ތައްޔާރު ކޮށްގެން ބޭނުން ކޮށްލާ ތަރުކާރީ ސޫޕް އަދި ޗިކެން ސޫޕަކީ ބަރުދަން ލުއިކޮށް ދިނުމަށް އެތައް ގުނައަކަށް އެހެވޭ ސިއްޙަތަށް ނުހަނު ފައިދާ ކޮށްދޭ އެއްޗެކެވެ. ބަރުދަން ލުއިކުރުމަށް މަސައްކާތް ކުރާމީހަކަށް ތިބާ ވެފައި ކެއުމުގައި ގެންގުޅެންވީ އެއްޗަކާމެދު ޝައްކުވާނަމަ ތިރީގައި މިވާ ތިން ވައްތަރުގެ ސޫޕް ޑައެޓްގައި ހިމަނާށެވެ.

ކްލިއާ ވެޖެޓަބަލް ސޫޕް:

Advt

Advertisement

މި ސޫޕްތައްޔާރު ކުރުމަށް ބޭނުން ވައްތަރެއްގެ ތަރުކާރީ އެއްހިމެނިދާނެއެވެ. އެގޮތުން ކެރޮޓް، ބޮރޮކޮލީ ވިޓަމިންސް އަދި މިނެރަލްސް ގިނަ ތަރުކާރީ ބޭނުން ކުރުން ވަރަށް މުހިންމެވެ. ކެރެޓަކީ އޭގައި މަދު ކެލޮރީއެއް ހިމެނޭ އެއްޗެކެވެ. އަދި ބޮރޮކޮލީގައި ހިމެނޭ ޕައިޓޯކެމިކަލްސް އާއި ލޯކެލޮރީސް ހުންނަ ކެރެޓް މިސޫޕްގައި ހިމެނުމުން ބަރުދަން އަވަހަށް ލުއިކޮށްދޭނެއެވެ.

 ބޭނުންވާ ތަކެތި: 

1ޖޯޑް ބޮރޮކޮލީ، 1 ޖޯޑް ކެރޮޓް، 1 ޖޯޑް ގްރީންޕީސް، 1 ޖޯޑް ކެޕްސިކަމް، 1ފިޔާ، 6 ލޮނުމެދު އަދި ރަހަލާވަރަށް ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް. އަސޭމިރުހާއި ލޮނުފިޔަވާ ބާކީ ތަކެތި ކުދިކޮށް ކިއުބްގޮތަށް ވާގޮތަށް ކޮށާލާށެވެ.

ތައްޔާރުކުރާނެގޮތް: އެންމެފުރަތަމަ ތަވަޔަށް ތެޔޮފޮދެއް އަޅާފައި ކޮށާފައި ހުރި ފިޔާ އަދި ލޮނުމެދު އަޅާފައި ރޯފިލުވާށެވެ. އެއަށްފަހު ލޮނާއި އަސޭމުރުސް ފިޔަވާ ބާކީ ހުރި ތަކެތި އެއްކުރުމަށްފަހު ފަސްމިނެޓް ވަންދެން  ކެއްކު މަށްފަހު ފެން އެޅުމަށްފަހު ތަރުކާރީ ކޮޅު ރޯފިލަންދެން 10 މިނެޓްވަންދެން ކައްކާށެވެ. ދެން ރަހަލާވަރަށް ލޮނާއި އަސޭމިރުސް އެޅުމަށްފަހު އުންދުންމަތިންބާލާށެވެ. ރަހަމީރުކޮށްލުމަށް ސޫޕްގެ މައްޗަށް ކޮރިއަންޑާފަތް ކޮޅެއް ނޫނީ ސެލެރީފަތް ކޮޅެއް އަޅާލެވިދާނެއެވެ.

މަޝްރޫމް ސޫޕް:

މަޝްރޫމަކީ މީރު އަދި އެހާމެ ސިއްހަތަށް ފައިދާ ލިއްބައިދޭ އެއްޗެކެވެ. މަޝްރޫމް އިން ގުލްކޯޒް އަދި ހަށިގަނޑުގައު ހުންނަ ފެޓްތައް ވިރުވާލަދެއެވެ. މަޝްރޫމް އަކީ ޕްރޮޓިން އިން މުއްސަނދި ވެފައިވާ އެއްޗަކަށް ވެފައި މެޓަބޮލިޒަމް ބޫސްޓްކޮށްދީ ބަރުދަން ލުއިކޮށް ދިނުމަށް އެހީވެދެއެވެ.

ބޭނުންވާތަކެތި: 1 ޖޯޑު މަޝްރޫމް ކުދިކޮށް ކޮށާފައި، 1 ސައިސަމްސާ ކޯންފްލާ (1/4 ސްކިމްޑް މިލްކް އަށް އަޅާފައި )، 1 ކުޑަ ފިޔާ ކޮށާފައި، ރަހަލާވަރު ލޮނުކޮޅެއް، 1 ޖޯޑް ކިރު، 2 ޖޯޑު ފެން އަދި ރަހަލާވަރު އަސޭމިރުސް ކޮޅެއް.

ތައްޔާރުކުރާނެގޮތް: ތަވައަކަށް ފެން އަޅާފައި މަޝްރޫމް ކޮޅު މަޑުވަންދެން ކައްކާށެވެ. ދެން ތަވާ އުނދުންމަތިން ބާލާފައި ހިހޫވަންދެން ބަހައްޓާށެވެ. ހިހޫ ވުމުން މިކްސްޗަރުން ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން ތަވަޔަށް ތެޔޮފޮދެއް އަޅާފައި ފިޔާކޮޅު ރަތްކުރާށެވެ. ދެން ތައްޔާރުކޮށްފައި ހުރި މަޝްރޫމް ޕޭސްޓް ފިޔާކޮޅާއި އެއްކޮށްފައި 3 މިނެޓްވަންދެން ކައްކާށެވެ. ދެން ފެންއެޅުމަށްފަހު  ކޯންފްލާ ވެސް އަޅާފައި ލޮނާއި އަސޭމިރުސް އެޅުމަށްފަހު 5 މިނެޓްވަންދެން ކެއްކުމަށްފަހު އުނދުންމަތިން ބާލާށެވެ.

ކާލީފްލާވާ ސޫޕް:

ކާލީފްލާވާ އަކީ ބާޒާރުމަތިން ފަސޭހައިން ލިބޭ އަދި އެހާގިނަ ނިއުޓްރިޝަން އެކުލެވޭ ތަރުކާރީ އެކެވެ. ސިއްޙީ މާހުރުން ބުނަނީ 100ގ ކާލީ ފްލާވާގައި %25 ކެލޮރީސް ހިމެނޭކަމަށެވެ.

ބޭނުންވާތަކެތި: 2 ޖޯޑް ކާލީފްލާވާ ކޮށާފައި، 1 ފިޔާ ކޮށާފައި، 2 އަލުވި ކުދިކޮށް ކޮށާފައި، އޮލިވް އޮއިލް، 5 ލޮނުމެދު ، ކްރީމް އަދި ވެޖެޓަބްލް ސްޓޮކް.

ތައްޔާރުކުރާނެގޮތް: 

ތަވަޔަކަށް ތެޔޮފޮދު އެޅުމަށްފަހު ފިޔާ އަދި ލޮނުމެދު ރަތްވަންދެން ދޭފަތުން ހަލުވާށެވެ. ދެން އަލުވި އަދި ކާލީފްލާވާ އެޅުމަށްފަހު ފެންފޮދެއްގައި ވެޖެޓަބަލް ސްޓޮކް ކޮޅު ގިރާލުމަށްފަހު އެއްކޮށްފައި ކައްކާށެވެ. ދެން ކްރީމް އެއްކުރުމަށްފަހު އޮލަވަންދެން ކައްކާށެވެ. އެއަށްފަހު ހިހޫ ވުމުން މިކްސަރަށް އަޅާފައި އޮލަކޮށް ގިރާލުމަށް ފަހު ސާވްކުރާށެވެ.

އަޅުގަނޑުމެން ދިވެހިންނަކީ ވެސް ވަރަށް ގިނައިން ބަރުދަން ލުއިކުރުމަށް އަދި ދުޅަހެހޮ ސިއްޙަތެއްގައި ދެމިތިބުމަށް މަސައްކާތް ކުރާބައެކެވެ. ވަޒީފާގައި އާއި އެކި ކަންކަމުގައި އަވަދި ނެތި އުޅެމުން ސިއްޙަތަށް މާބޮޑަށް ބަލައި ނުލެވޭނަމަ ފަސޭހައި ތައްޔާރު ކުރެވޭ ސިއްޙަތަށް އެތައް ފައިދާއެއް ލިއްބައިދޭނެ މި ސޫޕްތައް ކޮންމެ ދުވަހަކު ކެއުމުގައި ހިމެނުމުން ހަށިގަނޑަށް ލުއިލިބިގެންދާނެކަން ޔަގީނެވެ. ދުޅަހެޔޮ ސިއްޙަތެއް ގައި ދެމިތިބުމަށް އަބަދުވެސް ފައިދާހުރި ކާނާބޭނުން ކުރަން އާދަކުރައްވާށެވެ.