English Edition
Dhivehi Edition

އައްޑޫ އަދި ފުވައްމުލަކުގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތަށް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ގިނަ އަދަދެއްގެ ވެހިކަލްތަކެއް 2 ސިޓީއަށް ފޮނުވައިފިއެވެ.

އެމްއާރްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ފަރާތުން ފުވައްމުލަކާއި އައްޑޫ ސީޓީއަށް ވެހިކަލްތައް ގެންދަނީ އެ ސިޓީގެ ތާރު އަޅާފައި ހުރި މަގުތައް މަރާމާތުގެ މަސައްކަތް ކުރުމަށާއި، އަދި ވެލިމަގުތަކުގެ މަސައްކަތް ކުރުމަށް ކަމަށެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ވެހިކަލްތައް ކުއްޔަށް ވެސް ދޫކުރާނެ ކަމަށް އެމްއާރްޑީސީ އިން މައުލޫމާތު ދެއެވެ.

އެމްއާރްޑީސީން ވަނީ ދާދީފަހުން އައްޑޫސިޓީގެ ހުޅުމީދޫގެ ގިނަ މަގުތަކެއްގައި ގާއެތުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި އެ ދެ އަވަށުގެ ވެލިމަގުތައް މަރާމާތުކޮށްފައެވެ. ނަމަވެސް މިހާރު ކުރަމުންދާ ވިއްސާރައިގައި އަނެއްކާވެސް މަގުތައް ވަނީ ހަލާކުވެފައެވެ.

އެމްއާރުޑީސީން ރާއްޖޭގެ އެކި ރަށްރަށުގައި މަގުތައް ރަނގަޅު ފެންވަރަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާއިރު އައްޑޫސިޓީގެ ހުޅުމީދޫ ބޮޑުމަގާއި ހުރަސްމަގުގައި ވަރަށް އަވަހަށް ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.