English Edition
Dhivehi Edition

ކެންސަރ ސޮސައިޓީން ބޭއްވި ފަންޑް ރެއިޒިން އިވެންޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ. އެގޮތުން ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންނެވީ ކެންސަރ ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަންޑް ރެއިސިންގ ގާލާ ޑިނަރގައި އެވެ.

ހޮޓެލް ޖެންގައި އޮތް މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ “އެހީތެރިޔާ ވަރުބަލިކަމުން ދުރުވުމަށް މަގެއް” ގެ ނަމުގައި އެކުލަވާލާފައިވާ ފޮތް އިފްތިތާޙް ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގެ ތެެރެއިން ފަސްޓް ލޭޑީ ވަނީ “އައި އޭމް އެގެއިންސްޓް ޕަބްލިކް ސްމޯކިން” ކެންޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި ވެސް ސޮއިކުރައްވާފައެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކޮންމެ އަހަރެއްގައިވެސް ފަންޑްރައިސިންގ ގާލާ ޑިނަރ އިވެންޓެއް ބާއްވައެވެ. މީގެ ބޭނުމަކީ އެ ޖަމުއިއްޔާއިން ހިންގާ އެކި އެކި ކަންކަމަށް ފައިސާ ހޯދުމެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ފާހަގަ ކުރެވެނީ މިކަހަލަ ކޮންމެ ޙަރަކާތްތެއްގައިވެސް ބައިވެރިވެ ވަޑައިގަންނަވާ ބޭކަނބަލެއްގެ ގޮތުގައެވެ.