“ދިވެހި ފިލްމް އެވޯޑްސް 9” ގައި ފިލްމް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފި
3 ހަފްތާ ކުރިން
އައިޝަތު ފަތުޙީ

ނުވަވަނަ “ދިވެހި ފިލްމު އެވޯޑްސް”ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު  ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ “ދިވެހި ފިލްމު އެވޯޑްސް 9” ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތު ދުވަހުގެ 13:30 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

Advt

Advertisement

މި އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ އެވޯޑެކެވެ.

މިއަހަރުގެ”ދިވެހި ފިލްމު އެވޯޑްސް” ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިފަހަރުގެ އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށްވެސް އެންސީއޭ އިން ބުނެއެވެ.

މިއެވޯޑުގެ އުޞޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބޭނެ ކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.