English Edition
Dhivehi Edition

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޚާއްޞަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެވަޑައިގެންފި އެވެ. މިއީ އ.ދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ޤައުމުތަކުގެ އިސް ވެރިންނަށް ދެއްވި ފަރިކޮޅެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ރަސްމީ މި ފަރިކޮޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ އިތުރުން އ.ދ ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ޤައުމުތަކުގެ ރައީސުންނާއި، ބޮޑު ވަޒީރުންގެ އިތުރުން ބައެއް ޤައުމުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓްރަމްޕް ދެއްވި މި ފަރިއްކޮޅުގެ ސަބަބުން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ޤައުމުތަކުގެ ވެރިންނަށް ފުރުޞަތު ލިބިގެން ދާނެ އެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސަކު އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރެއްވި އިރު ރައީސް ސޯލިހް މިފަހަރު ތަޤުރީރުކުރެއްވީ ޢާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 6 ވަނައަށެވެ.