English Edition
Dhivehi Edition

ނައިބު ރައީސް ފައިސަލް ނަސީމް، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން (އާރކް) ގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އާރކް އިން އެ ޖަމިއްޔާއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް ނައިބު ރައީސް އާއި ހިއްސާ ކުރައްވާފައިވާކަމަށެވެ.

މި މަޝްވަރާގައި އާރކް އިން ވަނީ ކުޑަކުދިންގެ ހިޔާއާ ފިޔަވަތީގައި ތިބޭ ކުޑަކުދިންނަށް އާރކްގެ ފަރާތުން ޕްރޮގްރާމްތައް ހިންގައިދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް އާރކް އިން ވަނީ ނައިބު ރައީސް އާއި މަޝްވަރާކޮށްފައެވެ.

ނައިބު ރައީސް ވަނީ އާރކް އިން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.