ޝައުނާގެ ކަށުނަމާދުގައި ގިނަ ބަޔަކު ބައިވެރިވެއްޖެ
4 ހަފްތާ ކުރިން
އަޙްމަދު

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ކަށުނަމާދުގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ. ޝައުނާގެ ކަށުނަމާދުކޮށްފައިވަނީ  މިއަދުގެ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ހެންވޭރު ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ ޝިއުނާ އަކީ ތ. ބުރުނީ ފެންފިޔާޒްގޭ، އުމުރުން 46 އަހަރުގެ މީހެކެވެ. ޝައުނާ ވަނީ ދާދި ފަހުން މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އިން ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ރޮނގުން ޑިގްރީ ހާސިލް ކޮށްފައެވެ.

Advt

Advertisement

އޭނާ ނިޔާވެފައި އޮއްވައި ފެނުނީ އޭނާ ހޯދަމުން އަންނަތާ ގިނަ އިރުތަކެއް ފަހުން ދިރިއުޅޭ އެޕާޓްމަންޓުގެ ތެރޭ ވަރަށް ބޮޑަށް ފިހިފައި އޮއްވައެވެ.

ހ.ތިލަފުށީގޭގައި ކެމިކަލްތަކެއް ރައްކާ ކޮށްފައި ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިޘާގައި އެ ކެމިކަލްތައް ގޮވައި، އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ތިލަފުށީ ގޭ ކުރިމަތީގައި ހުރި ހ.ރަނދުވާގެއަށެވެ. މިއީ ޝައުނާ ދިރިއުޅެމުން އައި ގެއެވެ. އެ ގޭގައި އަލިފާންގަނޑުގެ ހުޅު ހިފައި، މީހުން ނިކުތުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ޝައުނާ އޮތީ ނިދާފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި އޭނާ ނިޔާވެފައިވަނީ ސަލާމަތްވާން  މަސައްކަތް ކޮށް އުޅުމުގެ ތެރޭގައެވެ.