English Edition
Dhivehi Edition

ފެނަކައިގައި ބޭނުންކުރުމަށް އައު ބިލިންގް ސޮފްޓްވެއަރ އެއް ޑިވަލޮޕްކުރުމަށް ޝްވެކް މޯލްޑިވްސް އާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްޔެ މެންދުރުފަހު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފުއެވެ. ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްތާފް މުހައްމަދުއެވެ

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަހްމަދު ޝރީފު ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ބިލިންގ ސިސްޓަމަކީ ޔުޓިލިޓީސްގެ ދުވަސްވަރުން ފެށިގެން ބޭނުން ކުރަމުން އައި ސިސްޓަމެއް ކަމުގައެވެ. އެހެންކަމުން އެ ސިސްޓަމުން ބިލިން ރިޕޯޓު ނެގުންފަދަ ކަންކަމަށްވެސް ގިނަ ވަގުތު ހޭދަވެގެންދާކަމަށެވެ. އަދި އައު ބިލިންގް ސޮފްޓްވެއަރ ގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަގަޅުވެ އަވަސްވެގެންދާނެ ކަމަށް ޝަރީފުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ސޮފްޓްވެއަރ ގައި ކަސްޓަމަރުންނަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއްގެ އިތުރުން އޮންލައިންކޮށް ބިލުގެ ތަފުސީލު ބެލުމުގެ ހިދުމަތާއި ، މޮބައިލް ފޯން އެޕެއްވެސް ހިމެނޭނެކަމަށް ޝަރީފު ވިދާޅުވިއެވެ.

90 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަސައްކަތުގެ ޖުމްލަ އަގަކީ 1،341،960 (އެއްމިލިއަން ތިންލައްކަ ސާޅީސް އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ ) އެވެ.

 

ޓެގު