English Edition
Dhivehi Edition

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ޓީބީ ޓެސްޓް ކުރެވޭ ޒަމާނީ މެޝިންތަކެއް ދިވެހިރާއްޖެއަށް މިއަދު ހަދިޔާކޮށްފިއެވެ. ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް ޖީން އެކްސްޕާޓް ގެ ހަތަރު މެޝިން ހަދިޔާކޮށްފައެވެ.
href=”https://aonews.mv/wp-content/uploads/2019/09/FB_IMG_1568827485344.jpg”>

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި މި މެޝިންތަކާއި ހަވާލުވެ ވަޑައިގެންނެވީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ އަމީންއެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން މި މެޝިންތަށް މިނިސްޓަރާއި ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މަތޫރެވެ.

ރާއްޖޭގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާ ކުރި ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ޓީބީއަށް ހެދޭ ޓެސްޓުން، ދެ ގަޑިއިރުގެ ތެރޭގައި މީހެއްގެ ކުޅުގައި ޓީބީގެ ޖަރާސީމު ހުރިތޯއާއި، ޓީބީއަށް ބޭނުންކުރެވޭ ބައެއް ބޭހަށް ރެސިސްޓެންޓްކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ ކަމަށެވެ.

މި މެޝިންތަކުގެ އެހީގައި ރާއްޖެއިން ޓީބީ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.<a