English Edition
Dhivehi Edition

އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް، ޑރ މުނީރު ސަފިލްޑިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު މުލިޔާގޭގައި ފަސްޓް ލޭޑީ އާއި ޑރ. މުނީރު ބައްދަލުކުރަށްވައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ކުށްކުރާ ކުޑަކުދިން އިޞްލާޙުކުރުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުން ހިމެނެއެވެ.

މި މަޝްވަރާތަކުގައި ފަސްޓް ލޭޑީ ވަނީ ޔުނިސެފުން ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.