English Edition
Dhivehi Edition

ވައްކަން ކުރަން ގެއަކަށް ވަތް ވަގެއް އެގޭގައި ކައްކައި ކައިގެން ކޮޓަރީގައި ނިދުމަށްފަހު، އެގެއިން ފައިސާތަކާއި ބައެއް ގަހަނާތައް ވަގަށް ނަގައިގެން ފިލައިފިއެވެ.

މިހާދިސާހިނގާފައިވަނީ އިންޑިއާގެ ކޮލްކަތާގެ ނަރެންދަޕޫރް ސިޓީގައި މިދިޔަ އާދީއްތަދުވަހުއެވެ.

ޓީއައިއޯ ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވާކަން އެނގުނީ އެގޭގެ ވެރިމީހާ ޝިފާލީ 3 ދުވަސްވަންދެން އޭނަގެ އަންހެން ދަރިފުޅު އުޅޭގޭގައި މަޑުކުރުމަށްފަހު އެނބުރި ގެއަށް އައުމުނުންނެވެ. . ގޭގެ ވެރިމީހާ ޝިފާލީ ބުނެފައިވަނީ އޭނަ ގެއަށް އައުމުން ގޭގެ ކުޑަދޮރު ހަލާކުކޮށްލާފައި ހުރިތަން ފެނިގެން ވަދެ ބެލިއިރު މުޅިބަދިގެރެތެރެ ވެސް ވަނީ ހަޑިކޮށްލާފަކަމަށެވެ. ކެއްކުމަށްފަހު ކައިގެން ތަށި ސިންކު ތެރެއަށް ލުމަށްފަހު ކެއްކި ތެލިތައްވެސް ހުރީނުދޮވެކަމަށް އޭނާބުންޏެވެ.

ކޮޓަރީގެ ދޮރުވެސް ހަލާކުކޮށްލާފައި ހުރީ ގޮސްބެލި އިރު އެނދުގައި ނިދާފައި ހުރިކަންވެސް ފާހަނގަ ކުރެވުނު، އަލަމާރި” ހުޅުވާ ފައިސާތައް ހުރިތޯ އަހަރެން ބެލިއިރު އެއްމެ ފައިސާއެއްވެސްނެތް. އަހަރެންގެ ދަރިފުޅުބަލިވެއިނީ، އޭނަގެ ފިރިމީހާ ދަރިފުޅުގެ ކަންތައް ބަލަހައްޓަން އަހަރެންގެ އަތަށް 45000 ރުޕީސްދީފައި ހުންނާނެ . އަދި އަހަރެން ރައްކާކުރި 3000ރުޕީސް އާއެއްކޮށް މުޅިއެކު 48000ރުޕީސް އާއި ބައެއްގަހަނާ ވަގަށްނަގާފައި ވަނީ” މިހާދިސާ ކިޔާދެމުން ޝިފާލީ ބުންޏެވެ.

ނަރެންދަޕޫރްގެ ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިހާރު ދަނީ ވައްކަންކުރިމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.