Feydhoo gai turf Footboalha dhandheh alhan bayakaa havaalu kohffi - AO News Feydhoo gai turf Footboalha dhandheh alhan bayakaa havaalu kohffi

ކޮވިޑް 19ކަވަރޭޖް

6,573,568CONFIRMED
3,170,532RECOVERED
3,014,995ACTIVE
388,041DEATHS
1850CONFIRMED
644RECOVERED
1199ACTIVE
7DEATHS
ފޭދޫގައި ޓާރފް ފުޓްބޯޅަ ދަނޑެއް އަޅަން ބަޔަކާ ޙަވާލްކޮށްފި
9 މަސް ކުރިން

އައްޑޫ ސިޓީ ފޭދޫގައި ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމަށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމައި އެ މަސައްކަތް  ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

Advt

Advertisement

އެގޮތުން މި މަސައްކަތް ޓެންޑާ ބޯޑުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. މި މަޝްރޫޢުގެ އަގަކީ 9,060,059.01 ރުފިޔާ އެވެ. މި މަޝްރޫޢު ނިންމަން ދީފައިވާ މުއްދަތަކީ 120 ދުވަހެވެ.

ފޭދޫގެ އިތުރުން ޓެންޑާ ބޯޑުން ވަނީ އިތުރު 12 ރަށެއްގައި ޓާފް ފުޓްބޯޅަ ދަނޑު އެޅުމަށް ވެސް އަމީން ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލުކޮށްފައެވެ. އެރަށްތަކަކީ ހއ.ދިއްދޫ ، ހދ.ނެއްލައިދޫ ، ނ.ހޮޅުދޫ ، ނ.ކެނދިކުޅުދޫ ، ރ.އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ފ. ނިލަންދޫ، ލ.ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ.

ފޭދޫގައި ޓަރފް ފުޓްބޯޅަ ދަނޑެއް އެޅިގެން ދިއުމަކީ ،ފޭދޫގެ ޒުވާނުން ކުރަމުންދާ ވަރަށް ފޮނިއުއްމީދެކެވެ.  ރާއްޖޭގެ ފުޓްބޯޅަ ޢާއިލާގައި 1970 ވަނަ އަހަރުއްސުރެން ފެށިގެން މިއަދާއި ހަމަޔަށްވެސް ފޭދޫގެ ހުނަރުވެރި  ކުޅުންތެރިން ދަނީ ބައިވެރިވެ ރަންވަނަތައް ހޯދަމުންނެވެ.

ފޭދޫގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ހައްދަވައި ދެއްވާނެ ކަމަށް މަޖިލިސްއިންތިޚާބުގެ ތެރޭގައި ރައީސް މުޙައްމަދު ޞޯލިޙް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

މި އަދު ޓާރފް ދަނޑު އެޅުމަށް ޓެންޑަރ ކުރެވުނު 13 ރަށުގެ އިތުރުން ޔޫތް މިނިސްޓްރީން ދާދިފަހުން ވަނީ ޓާފް ދަނޑު އެޅުމަށް އިތުރު 14 ރަށެއް ކަނޑައަޅާފައެވެ. އެ ރަށްތަކުގެ ދަނޑުތަކުގެ މަސައްކަތްކުރާނެ ކުންފުނިތަކެއް ހޯދުމަށް ވަރަށް އަވަހަށް ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން މި އަހަރުގެ ތެރޭގައި 27 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑުތަކެއް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.