English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ފޭދޫގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނަކީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި، އެ ގޯތިތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5ލ ގެ ތިން ފުޅިއާއި، 7 ހަން އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން 20 އަަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ގަން ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.