English Edition
Dhivehi Edition

އަންނަ އަހަރުގެ ޤައުމީ ޤުރްއާން މުބާރާތުގައި ކައުންސިލް ތަކަށާއި މުވައްސަސާތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ ރޭ ބޭއްވި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތަށް ކުދިން ހޮވާނީ އަތޮޅުތެރޭގައި ބާއްވާ ވަކި މުބާރާތްތަކުން ކަމަށާއި އެ މުބާރާތުގައި ކައުންސިލްތަކަށާއި މުވައްސަސާތަކަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

33 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމްދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ އެވެ.

މިއަހަރުގެ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުން އެއްވަނަ ލިބުނީ އިމާދުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ސައީ މުބާރިކް އަށެވެ.