English Edition
Dhivehi Edition

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.

މިއަދު ރައީސް ސޯލިހް ތަޞްދީޤް ކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 21 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރެއްވި ޖޭއެސްސީ ގެ ޤާނޫނަށް ގެނައި 2 ވަނަ އިޞްލާޙުގެ ބިލެވެ. މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައިއެ ޤާނޫނު ޝާއިޢުވެސް ކުރައްވާފައެވެ.

މި ބިލަށް ގެނެސްފައިވާ އިޞްލާޙު ތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް ޢައްޔަންކޮށް ވަކިކުރުމާއި، ކޮމިޝަނުގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާއި ބެހޭގޮތުންނާއި، ޖުޑީޝަލް އެކެޑަމީއާއި ބެހޭގޮތުންނާއި، ކޮމިޝަނުގެ ނުވަތަ ތަޙްޤީޤުކުރާ ކޮމިޓީގެ ބާރުތަކުގެ އިތުރުން މައްސަލަ ސާބިތުކުރުމުގައި ބެލޭނެ މިންގަނޑުތަކަށް ގެނެވުނު އިޞްލާޙްތައް ހިމެނެއެވެ.