English Edition
Dhivehi Edition
ފޮޓޯ:ފޭސްބުކް

އަލަށް ވިޔަފާރިއަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފުވައްމުލަކުގައި “ބިޒްނަސް އިނޮވޭޝަން ވީކް” ނަމުގައި ފޯރަމެއް ފަށައިފިއެވެ.

އައިބޭއާއި، ފެޓް އައިޑިއާސް އަދި ކްރޮވް މޯލްޑިވްސް ގުޅިގެން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ފޯރަމް ބޮޑަށް އަމާޒުކޮށްފައިވަނީ އަލަށް ވިޔަފާރީގެ ދައިރާއަށް ނިކުންނަ ފަރާތްތަކަށެވެ. މި ފޯރަމް އިންތިޒާމްކޮށް ކުރިއަށް ގެންދާ ފަރާތުން ބުނީ މިފޯރަމުގެ މަޤްސަދަކީ އަލަށް ވިޔަފާރީގެ ދައިރާއަށް ނިކުންނަ ޒުވާނުންނަށް ވިޔަފާރިއެއް ފެށޭނެ ގޮތް ކިޔައިދީ އީޖާދީ ޚިޔާލުތަކެއް ނެރުން ކަމުގައެވެ.

މި ފޯރަމްގެ ފުރަތަމަ ދެދުވަހު ތަޖުރިބާ ޙިއްސާ ކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފޯރަމުގެ ބާކީ ދުވަސްތަކުގައި ގުރޫޕުތަކަކަށް ބެހިގެން ޕްރޮޖެކްޓެއް ނެގި ބައިވެރިންނަށް ވިޔާފާރި ފަށާނެ ގޮތާއި، މާލީ އަދި ފަންނީ ދަތިތަށް ޙައްލު ކޮށް ވިޔާފާރި ކުރިއަރުވާނެ ގޮތް ކިޔާ ދެވޭނެއެވެ.

މިއީ މިފަދަ ފޯރަމެއް ފުވައްމުލަކުގައި ބޭއްވި ފުރަތަމަ ފަހަރެވެ.