މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވި ވާހަކަ ތަކަކީ މީގެ ކުރިންވެސް އިނގޭ ވާހަކަ ތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވީ ސުއޫދު މިއަދު ހާމަކުރީ ކޮމިޝަނުން އަލަށް ހޯދި މައުލޫމާތު ތަކެއް ނޫންކަމަށާއި އެއީ ޕޮލިސް ގެ ތަހުގީގުގަ ކުރިންވެސް ހޯދިފައިވާ މައުލޫމާތު ކަމަށެވެ.
ސުއޫދު މިއަދު ވިދާޅު ރައީސް ޔާމީން އާއި އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބު، ރިލްވާން ގެއްލުވާލި ފަހުން ފުލުހުން ގެ ތަހުގީގަށް ހުރަސް އަޅަން އެކި މަސައްކަތްތައް ކުރެއްވި ކަމަށެވެ.
އުމަރު މިއަދު ވިދާޅުވީ ރިލްވާން ގެ މައްސަލަ ނުބަލަން ނުވަތަ ލަސްކުރަން ނުވަތަ ފޮރުވަން ރައީސް ޔާމީން ނުހިންގަވާ ކަމަށެވެ.