English Edition
Dhivehi Edition

ހިލަތަކެއްގެ މައްޗަށް މީހަކު ވެއްޓި އަނިޔާ ވެއްޖެއެވެ.މިއަދު ހެނދުނު 8 ޖަހާ އެހާކަށްހާއިރު ހިނގި ނުރައްކާތެރި މި އެކްސިޑެންޓްގައި ހިތަދޫ ޕޯޓް ސަރަޙައްދުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކުމޫދާ ވީފަޅީގައި ހުރި ހިލަތަކެއްގެ މައްޗަށް ވެއްޓި އޭނާއަށް ސީރިއަސް ޒަޚަމް ތަކެއް ވަނީ ވެފައެވެ. މިހާރު އެމީހާވަނީ ހިތަދޫ ރީޖަނަން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ. އޭނާގެ ޙާލުސީރިއަސް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. މި ޙާދިސާގައި އަނިޔާވެގެން ފަރުވާ ދެމުން ދަނީ ޢުމުރުން 49 އަހަރުގެ ފިރިހެނަކަށެވެ.

އެކްސިޑެންޓް ވިމީހާ ހޮސްޕިޓަލަށް ގެންދަން ފުލުހުން އެހީތެރިވަނީ. ފޮޓޯ މީސްމީޑިއާ