މާލގޭގެ މަގުމަތީގައި ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވާންފަށައިފިއެވެ.
ވެމްކޯގެ ޔުނިފޯމްގައި ފެންނަ އެމީހާއަށް އާންމުންގެ މީހަކު އެސްލޯން ހޮޅިއަކުން ހަމަލާ ދެމުންދިޔައިރު އޭނާދިޔައީ ހުތުބަހުންވެސް މުވައްޒަފާ މުއާމަލާތުކުރަމުންނެވެ. މިވީޑިއޯގައި މާރަމާރީ ހިންގާތަން ފެންނައިރު މަގުމަތީގައިއިތުރު ބަޔަކު އުޅޭތަން ފެނެއެވެ. ނަމަވެސް އެއްވެސް މީހަކު މުކަން ހުއްޓުވުމަށް ކައިރިއަށް ނާދެއެވެ.
މިހާދިސާގައި ފެންނަ ވެމްކޯ މުވައްޒަފާއި އަނެއްމީހާ އަކީ ކޮންބައެއްކަން ސާފުނުވާއިރު މިހާދިސާހިނގާފައިވަނީ މާލެގެ ކޮންސަރަހައްދެއްގައި ކޮންއިރެއްގައި ކަމެއްވެސް ސާފުނުވެއެވެ.
މިވީޑިއޯ މިހާރު ފުލުހުންގެ ސަމާލުކަމަށް ގެނެވިފައިވާއިރު ފުލުހުންދަނީ މިހާރު މައްސަލަ ތަހުގީގުކުރަމުންނެވެ.
މަގުމަތީގައި ފާޅުގައި މާރާމާރީ ހިންގުމަކީ ދިވެހިރާއްޖޭގައި މިހާރު އާންމުކަމެކެވެ.