English Edition
Dhivehi Edition

މިއަދު ރާއްޖެއަށް އައި އިންޑިޔާ މީހެއްގެ ލަގެޖުން 4.195 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިއަދު އިންޑިޔާގެ ޓްރިވެންޑްރަމް އިން ރާއްޖެއައި އުމުރުން 48 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އޭނާއާއި މެދު ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން އެ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 1.1 މިލިއަން ދިވެހި ރުފިޔާއަށް އަރާނޭ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކުރި މީހާއާއި އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލުކޮށްފައިވާ އިރު ޕޮލިހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.