English Edition
Dhivehi Edition

ގެއެއްގެ 8 ވަނަ ފަންގިފިލާ އިން ފިލާގަނޑެއް ވެއްޓި މީހެއްގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ. ފުލުހުން ބުނީ ، އެ ފިލާގަނޑަކީ މާފަންނު ގެއެއްގެ 8 ވަނަ ފަންގިފިލާގެ ބެލްކަނީގައި ހަރުކޮށްފައިހުރި ފިލާގަނޑެއް ކަމަށެވެ. އަދި އެ ފިލާގަނޑު ވެއްޓިފައި ވަނީ އެ ސަރަހައްދުން ހިނގާފައިދިޔަ ފިރިހެނެއްގެ ބޮލަށެވެ.

ފުލުހުން ބުނީ މިހާދިސާގެ ޚަބަރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:03 ހާއިރު ކަމަށާއި އެހެންކަމުން ފުލުހުން މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އިމާރާތެއްގެ 8 ވަނަ ބުރިން ވެއްޓުނު ފިލާގަނޑުން ޖެހި އެމީހާއަށް އަނިޔާވެފައިވާ ކަމަށާއި މިހާރު އޭނަޔަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުނެފައިވާ އެރު އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

މާލޭގެ އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުން މިހާރު މިވަނީ އާންމު ވެފައެވެ. މިކަހަލަ ހާދިސާތަކުގައި މީހުންގެ ފުރާނަ ގޮސްފައިވެސް އެބަ ހުއްޓެވެ.