English Edition
Dhivehi Edition

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗުން ބަނޑުން ޖަހާލި ހާދިސާގައި ނިޔާވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

“މިއަދު ހަނިމާދޫ ކައިރިން ލާންޗެއް ބަންޑުންޖަހާލައި 5 ބޭފުޅަކު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކު. އަދި އެބޭފުޅުންގެ ޢާއިލާތަކަށް އަޅުގަނޑުގެ ހިތުގެއަޑިން ތަޢުޒިޔާ ދަންނަވަން. މާތްﷲ މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި!” ރައީސް ސޯލިހް ކުރެއްވި ޓްވީޓު.

މިއަދު ހިނގި މި ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ 4 މީހަކު ތިއްބެވެ. އެއީ އުމުރުން އެއް އަހަރުގެ ތުއްތު ކުއްޖަކާއި އެކުއްޖާގެ މަންމަ، އަދި އެކުއްޖާގެ މާމަ އާއި ކާފަ އެވެ.

އެމްއެންޑީއެފް އިން ބުނީ މިހާދިސާގައި ލޯންޗުގައި ތިބި އެންމެން ފެނިފައިވާ ކަމަށާއި ލޯންޗުގައި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނުވާ ކަމަށެވެ.