English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ގެ މޮޓޯކޭޑް ގައި ހިމެނޭ ވެހިކަލެއް އެކްސިޑެންޓް ވެއްޖެ އެވެ. މީސް މީޑިޔާގައި މިހާރު އެކްސިޑެންޓް ވެފައިވާ މޮޓޯކޭޑް ގެ ވެހިކަލް އެކްސިޑެންޓް ވެފައިވާ ފޮޓޯ ވަނީ ދައުރުވާން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ މޮޓޯކޭޑް ގެ ވެހިކަލް އެކްސިޑެންޓް ވެފައިވަނީ މާލެ އާއި ހުޅުމާލޭގެ ގުޅުވައިދޭ ސިނަމާލެ ބުރިޖު މަތީންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މޮޓޯކޭޑް އެކްސިޑެންޓް ވެފައިވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އދ. ދިޔަމިގިއްޔަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވުމަށް ފަހު އެނބުރި އައި މަގުމަތީގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވަނީ ރައީސް ގެ މޮޓޯކޭޑް ގައި ހިމެނޭ ވެހިކަލެއް އެކްސިޑެންޓް ވެފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

އެމްއެންޑީއެފް އިން މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ދީފައެއް ނުވެއެވެ.