English Edition
Dhivehi Edition

ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސް އަޙްމަދު ޝިފާޢު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝިފާޢު އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށަހަޅާފައިވާއިރު އޭނާއެ މަގާމުން އިސްތިއުފާދެއްވި ވަކި ސަބަބެއް އަދި ސާފުވެފައެއްނުވެއެއެވެ.

އަޙްމަދު ޝިފާޢު ވަޒީފާއާބެހޭ ޓަރައިބިއުނަލުގެ ރައީސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ

ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން، ވަޒީފާގެ މައްސަލަތައް ބެލުމަށް އުފައްދާފައި އޮންނަ ޓްރައިބިއުނަލެކެވެ. އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސުލް ޖުމްހޫރިއްޔާއެވެ.