English Edition
Dhivehi Edition

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް މައްޗަންގޮޅި އާޕިއާ،އަލްއުސްތާޛު މުޙައްމަދު ޒާހިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަމަޖައްސަވައިފި އެވެ. ޒާހިރު ކުރިން ހުންނެވީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަޤާމުގައި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މި މަޤާމަށް އަލްއުސްތާޛު މުޙައްމަދު ޒާހިރު ޢައްޔަން ކުރެއްވީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުންނާއި ރައީސްކަމުން، ރޭއަލިވާގެ ގދ.ފަރެސްމާތޮޑާ، އަލްއުސްތާޛު އަޙްމަދު ޝިފާޢު އިސްތިޢުފާ ދެއްވާފައި ވާތީއެވެ.

ޒާހިރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރަށްވާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ.

އަލްއުސްތާޛު މުޙައްމަދު ޒާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން “ބެޗްލަރ އޮފް ލޯ” ހާސިލްކުރައްވާފައެވެ.