ކަށްވަޅު ކޮނުނު މީހުން ސުވާލުކުރުމަށް ފަހު ދޫކޮށްލައިފި
4 ހަފްތާ ކުރިން
ޝާން މުޙައްމަދު

ރޭގެ ވަގުތެއްގައި މާފަންނު ސަހަރާ ތެރޭގައި ކަށްވަޅު ކޮނުނު މީހުން ފުލުހުން މިއަދު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާފަންނު ސަހަރާ ތެރޭގައި ކަށްވަޅު ކޮންނަން ތިބި މީހުން ހައްޔަރު ކޮށްފައިވަނީ އާންމުންގެ މީހަކު ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން އެތަނަށް ގޮހެވެ. ކަށްވަޅު ކޮންނަން ތިބި މީހުން ހައްޔަރު ކޮށްފައިވަނީ ރޭގެ 12:30 ހާއިރު އެވެ.

Advt

Advertisement

ރޭ މާފަންނު ސަހަރާގައި ކަށްވަޅު ކޮންނަން ތިބި މީހުންގެ ތެރޭގައި ދިވެހި ދެ އަންހެނުން ހިމެނެއެވެ. ދެން ތިބީ ދިވެހި ފިރިހެނަކާއި, ބިދޭސީ ހަތަރު ފިރިހެނުންނެވެ.

މަންޒަރު ދުއް ފަރާތްތަކުން ބުނީ ސިހުރު ހަދާއިރު އެތަން ނުބެލުމަށް އެތާނގައި ހުރި ދިވެހި ފިރިހެން މީހާ ބުނި ކަމަށާއި އެތަނުން އަންހެނަކު ރޯއަޑުވެސް އިވިފައިވާ ކަމަށެވެ. އަދި ކަށްވަޅު ކޮނުނީ ބަޔަކު މީހުން ހަދާފައި ހުރި ސިހުރުތަށް ނައްތާލުމަށް ކަމަށް އެތަން ބަލަންތިބި މީހުން ކައިރީގައި ބުނެފައިވާ ކަމަށް ބުންޏެވެ.